ސީރިއާގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްގް ހިފައިފިއެވެ.
އެއާއެކު ފާއިތުވި 50 އަހަރު ސީރީއާގައި ވެރިކަން ކުރި ބާތު ޕާޓިގެ ވެރިކަން މިހާރު ވަނީ ނިމިފައެވެ.
ސީރިއާގެ ސަރުކާރު ވެއްޓުނުއިރު ރައީސް ބައްޝާރު އަލްއަސަދުގެ ގައުމު ދޫކޮށް ވަނީ ފިއްލަވައިފައެވެ. އެހެން ނަމަވެސް ބައްޝާރު ވަޑައިގެންނެވީ ކޮން ގައުމަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ވެރިކަން ވެއްޓުނު ނަމަވެސް ހަނގުރާމަވެރިން އަދި ސީރިއާގެ ސަރުކާރުގެ އިމާރާތްތަކާ އަދި ހަވާލު ނުވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.
ސީރިއާގެ ހަނގުރާމަވެރިން ފާއިތުވި މަދު ދުވަަސްކޮޅުގެ ތެރޭގައި ގައުމު ހިފުމުން ގިނަ ބަޔަކަށް ވަނީ ސިހުން ލިބިފައެވެ.
ނިއަރ އީސްޓް ސައުތު އެޝިއާ ސެންޓާ ފޮރ ސެކިއުރިޓީ ސްޓަޑީސްގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ޑެސް ރޮޗެސް ވިދާޅުވީ ސީރިއާގެ ސަރުކާރު އެހާ ފަސޭހައިން ވެއްޓުނީ ސީރިއާގެ ސިފައިންގެ މާބޮޑު ޝައުގެއް ގައުމު ދިފާއުކުރުމުގައި ނެތުމުން ކަމަށެވެ.
އަދި މީގެ ކުރިން ސީރިއާގެ ހަނގުރާމަވެރިން ފައްސާލީވެސް އިރާނުގެ މަދަދު ލިބޭ ޖަމާއަތްތަކުން ކުރި ހިތްވަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު