ހައުސިން މިނިސްޓްރީގައި ރޯވުން
ހައުސިން މިނިސްޓްރީގައި ރޯވުން
ސަރުކާރުގެ ވުޒާރާތަކެއް ހިންގާ މ. ގްރީން ބިލްޑިންގ ގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި ތިމާވެއްޓާ ބެހޭ ވުޒާރާ ހިންގާ މ. ގްރީން ބިލްޑިންގ ބްލޮކްގައި ރޯވި އަލިފާނާ ގުޅިގެން މުޅި ސަަރަހައްދަށް މިހާރު އޮތީ ދުންގަނޑު ފެތުރިފަ އެވެ.

މިކަމާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން ބުނީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުން އަންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.



މިހާރު ހިނގައިގެން އުޅޭ އަލިފާނުގެ ޙާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މ. ގްރީން ބިލްޑިންގ ގައި (ހައުސިންގ މިނިސްޓްރީ ހިންގާ ޢިމާރާތުގައި) އަލިފާނުގެ ޙާދިސާއެއް ހިނގުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ގުޅިގެން އެސަރަޙައްދުގައި ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ޙާދިސާއާ ގުޅިގެން އެސަރަޙައްދުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އޭގެއިތުރުން އެ ސަރަޙައްދު ޢާއްމު ޓްރެފިކަށް ބަންދު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން