މިދިޔަ އަހަރަށް ވުރެ މި އަަހަރު ސައިބާ ކުށްތައް ދެ ގުނަވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
"ސައިބަ އެކްސްޕޯ 2024" އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މިއަދު ރާއްޖޭގެ ސަިއބަ ކްރައިމްގެ ހާލަތަށް ބަލާލާއިރު އެ ކުށްތައް ފުޅާވުން ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
އަދި އެކަމަށްޓަކައި ސައިބަ ސެކިއުރިޓީގެ ދައުރުވެސް ފުޅާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މި އަހަރު ފުލުހުންނަށް ހުށަހެޅުނު ސައިބަ ކްރައިމްގެ މައްސަލަތައް މިދިޔަ އަހަރާ އަޅާބަލާއިރު ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު އެފަދަ 99 މައްސަލަ ހުށަހެޅުނު އިރު މި އަހަރު ހުށަހެޅުުނު މައްސަލަތަކުގެ އަދަދު 173އަކަށް ވުރެ އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ތެރެެއިން ވެސް އެންމެ ގިނައީ ހެކް ކުރުމުގެ މައްސަލަ. ބޭންކް އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތަކާއި ސޯޝަލް މީޑިއާތައް ހެކް ކުރުމުގެ މައްސަލަތަކާއި ސަރުކާރާއި ޕްރައިވެޓް އޮފީސްތައް ހެކް ކުރުމުގެ މައްސަލަތައް ހިމެނޭ." ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ގަވައިދާ ހިލާފަށް ލިޔުންތައް ފޯޖުކުރުމުގެ މައްސަލަތަކާއި އޮންލައިން ވިޔަފާރިތަކުގެ ނަމުގައި ސޯޝަލް މީީޑިއާގައި ޕޭޖުތައް ހަދައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކާއި އެކި ނަންމުގައި ހިންގާ ސްކޭމްތައް އިތުރުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އެފަދަ މައްސަލަތައް މަދުކުރެވޭނީ ކޮންމެ ފަރުދަކުވެސް ހޭލުންތެރިވެ ސަމާލުވެ ތިބެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު