ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކުގެ އަޑުއަހައި ޓޯކުރި ޓެކްސީތައް އެފަރާތްތަކާ ހަވާލުކުރަން އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖަކީ އެބޭފުޅުންގެ މުޅި އާންމުދަނީއާ ގުޅިލާމެހިފައިވާ އިހުތިޖާޖެއް ކަމަށެވެ. އަދި އެފަރާތްތަކުގެ އަޑު ސަރުކާރުން އަހައި ޓޯކުރި ޓެކްސީތައް އެފަރާތްތަކާ ހަވާލުކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.

”ޓެކްސީ ޑްރައިވަރުން ރޭ ބޭއްވި ސުލްޙަވެރި އިހުތިޖާޖަކީ އެބޭފުޅުންގެ މުޅި އާންމުދަނީއާ ގުޅިލާމެހިފައިވާ އިހުތިޖާޖެއް. ހައްގު ހޯދަން މަސައްކަތް ކުރުމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ގާނޫން ލިބިފައިވާ ޙައްގެއް.“ ޝާހިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ޝާހިދު ވަނީ ރޭގެ އިހުތިޖާޖުގައި ހައްޔަރު ކުރި ހުރިހާ ޑްރައިވަރުން ދޫކޮށްލުމަށްވެސް ސަރުކާރަށް ގޮވާލައްވާފައެވެ.

ރޭ މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުން ވަނީ ހުޅުމާލެއިން މާލެއަށް އަންނަން އޮންނަ ހައިވޭ ބަންދުކޮށް އިހުތިޖާޖު ކޮށްފައެވެ. މި އިހުތިޖާޖާ ގުޅިގެން ތިން ޓެކްސީ ޑްރައިވަރަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން އެކަކު ދޫކޮށްފައިވާއިރު ބާކީ ތިބި ދެ މީހުންގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ.

މި މައްސަލައިގައި ކޯޓުން ދެ ޑްރައިވަރުންނަށް ބަންދުގެ މުއްދަތު ޖެހީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން