މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މައުލޫމާތު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
އެ އަލިފާނުގެ ހާދިސާގައި ވަނީ ހައުސިން، ކޮންސްޓްރަކްޝަން އަދި އެންވަރޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން އޮފީސް ވެސް ވަރަށް ބޮޑަށް އަނދައިފަ އެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު، 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެ މައްސަލަ މިހާާރު ފުލުހުން ތަހުގީގުކުރަން ފަށާފައިވާ އިރު ބޭރުގެ އެކްސްޕާޓުންގެ އެހީވެސް ހޯދަން ފުލުހުން ވަނީ ނިންމައިފަ އެވެ.
އެ އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ހިނގީ ހައުސިންއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން ދިޔަ ޓިނު ބިލްޑިންގަ އެވެ. ނަމަަވެސް ފަހުން ވަނީ ޖެހިގެން ހުރި އެންޗަޔަރަމަންޓް މިނިސްޓްރީ ހިންގި ގްރީން ބިލްޑިންގައި ވެސް ހުޅުހިފައި ވަރަށް ބޮޑަށް އަނދައިފަ އެވެ.
ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ގްރީން ބިލްޑިންއަށް ފެތުރުނީ އެމްއެންޑީއެފްގެ އިހުމާލުންކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު