ލެޓްސް ކޮފީ މޯލްޑިވްސްގެ މުދަލަށް ގެއްލުންދިން ދެމީހުން ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިމަހުގެ 12 ވަނަ ދުވަހު ހަވީރީ ހިނގުމުގައި ހުންނަ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދަލަށް ގެއްލުންދީފައިވާ މައްސަލާގައި ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމައްސަލާގައި މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ގއ. ދެއްވަދޫ ވައިލެޓްމާގެ، އުމުރުން 31 އަހަރުގެ އަހްމަދު ތައުފީގާއި ބ. ތުޅާދޫ، މީޒާން، އުމުރުން 44 އަހަރުގެ އަސަދުﷲ ޚާތިމެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ ދެމީހުންގެ ބަންދަށް ކޯޓުން 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ފުލުހުން ބުނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު