އޮޅުވާލައިގެން ބިންވެރިޔާގެ ސްކީމުން ގޯތި ހޯދި މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ވެސް މަގާމުން ސަސްޕެންޑްކޮށްފި އެވެ.
އެ މައްސަލައިގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު، ޕީސީބީން މިއަދު ވަނީ ފަޒުލްއާއެކު އެޗްޑީސީގެ ބޯޑު އެއްކޮށް ސަސްޕެންޑްކޮށްފަ އެވެ.
އެ ނިންމުން ޕީސީބީން ނިންމި ފަހުން އެމްޑަބްލިއުއެސްސީން މިއަދު ބުނީ އެޗްޑީސީއާ ގުޅޭ ގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދީ ޖާާގަ ދިނުމުގެ ގޮތުން ފަޒީލް މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ފަޒީލްގެ މައްސަލަ ފެންމަތިވީ ބިންވެރިޔާގެ ސްކީމުން ގޯތި ނުލިބި އޮއްވައި ފޯޖުކޮށްފައިވާ ލިޔުމެއް ހުށައަޅައިގެން ވަށާފާރު ރާނަން އެޗްޑީސީގެ ހުއްދައަށް އެދުމުން ނެވެ.
ނަމަވެސް އެޗްޑީސީން ވެރިފައިކުރަން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވުމުން ފަޒީލަށް ގޯތި ނުލިބޭކަން ވަނީ ހާމަވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު