މެރިން ޕޮލިސްގެ ވެރިޔާ އިބްރާހިމް އަދުނާން އަނީސް 36 އަހަރަށްވުރެ ގިނަ ދުވަހު ފުލުހުންގެ ވަޒީފާގައި އުޅުއްވުމަށް ފަހު ރިޓަޔާކުރައްވައިފިއެވެ.
ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރެއްވި ވާހަކަ އޭނަ ފޭސްބުކްގައި ވެސް ހިއްސާކުރައްވާފައިވެއެވެ. އެ ޕޯސްޓްގައި އަދުދާން ވިދާޅުވީ ވަޒީފާ އަދާކުރެއްވި 36 އަހަރާއި 11 މަހާއި 21 ދުވަހު އެންމެ ބޮޑު ހިދުމަތެއް ކުރެއްވީ މެރިން ޕޮލިސްގެ ހިދުމަތް ހަރުދަނާކޮށް ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ކަމަށެވެ.
އަދުނާނަކީ ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ހާދިސާއާ ގުޅިގެން ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ކުރިން ފުލުހުންގެ ވަޒީފާއިން ވަކި ވެސް ކުރި ބޭފުޅެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުނުވާއިރު އަލުން އޭނަ އަށް ވަޒީފާ ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު