ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަންގެ މައްސަލައިގައި ގިނަ ބައެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހޫނުވެފައިވާ އިރު ގޯތި ލިބުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ވެސް ހިމެނެއެވެ.
އެ މައްސަލަ ފުލުހުންނާއި އޭސީސީން ބަލަން ފަށާފައިވާ އިރު ފަޒުލް ވަނީ އެކަމުގައި އޭނާގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންވެސް ރޭ ބުނީ އެ މައްސަލަައިގައި ފަޒުލްއަށް އަދި އެއްވެސް ތުހުމަތެއް ނުކުރެވޭ ކަމަށެވެ.
މި މައްސަލައިގައި ޖިނާއީ ބޮޑު ތަހުގީގެއް ކުރަމުންދާ އިރު އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައި ނެތުމުން ގިނަ ބައެއްގެ ފާޑުކިއުން އޮތީ އަމާޒުވެފައެވެ.
ނަމަވެސް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރޭގައި ފަޒުލްއާއި ފަޒުލްގެ ބޭބެ ހިމެނޭ ކަމަށެވެ.
އެ މައްސަލައިގައި ފަޒުލްއާއެކު އެޗްޑީސީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެންމެ މެމްބަރަކު ފިޔަވައި އެންމެން މިހާރު ތިބީ ސަސްޕެންޑްވެސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު