ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައުސިން ،މިނިސްޓްރީގެ ނުވަ ބޭފުޅަކުވެސް ސަސްޕެންޑްކޮށްފި އެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަަށް ގޯތި ދިންކަމަށް ބުނާ މައްސަލައިގައި ފުލުހުން ޖިނާޢީ ތަހުޤީޤެއް ފަށާފައިވާއިރު އެމައްސަލަ މިހާރު އޭސީސީން ވެސް ގެންދަނީ ބަލަމުންނެވެެ.
އެ މައްސަަލައިގައި އެޗްޑީސީގެ ބޯޑުން ޗެއާމަން އަހުމަދު ނާސިފް ފިޔަވައި އެ ބޯޑުގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުވެސް ހިމެނިވަޑައިގަންނަވަ އެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނީ އެ މައްސަލައިގައި ހައުސިން މިނިސްްޓްރީގެ އިހުމާލުވެސް އެބައޮތް ކަމަށާއި އަދި މިނިސްޓަރު ޑރ. އަލީ ހައިދަރު އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.
"ރަސް" އަށް އެނގިފައިވާ ގޮތުން ހައުސިން މިނިސްޓްރީގެ އިސް ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާހެން ނުވަ ބޭފުޅުން އެ މައްސަލައިގައި މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެެވެ.
އެހެން ނަމަވެސް އެ ފަރާތްތަކުގެ ނަންތަކާއި މަގާމު ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ފުލުހުން ރޭ ބުނީ ލިޔުންތައް ހުށަހެޅި ފަރާތްތަކާ ސުވާލުކުރަމުންދާ ކަމަށާއި ނަމަވެސް އެ ލިޔުންތަކަކީ ކުރީ ސަރުކާރުން ދިން ލިޔުންތަކެއް ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު