އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓުން ގެއްލުނު މީހާ ހޯދަން ބޭރު ބޯޓުފަހަރުގެ އެހީތެރިކަން ހޯދަން އެމްއެންޑީއެފުން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ބިދޭސީ މީހާ ހޯދުމުގެ އޮޕަރޭޝަންގައި އެމީހާ ލައްގާނެ ކަމަށް ބެލެވޭ ތަންތަން ބަލައި، ބޭރު ބޯޓު ފަހަރުތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

ސީމެކްސް ނަމަކަށް ކިޔާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން، އޮޔާއެކު އެމީހާ ލައްގާނެކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި މިއަދު ސަރޗް އޮޕަރޭޝަން ހިންގިފައި ވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި އޭގެ އިތުރުން އެ ސަރަހައްދުގައި ދަތުރުކުރާ އިންޓަރނޭޝަނަލް އުޅަނދުފަހަރުތަކާ ކޯޑިނޭޓޫ ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރު ނަމަކަށް ކިޔާ މީހެކެވެ. އެ މީހާ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 17 ވަނަ ދުވަހެވެ.

އެ މީހާ ހޯދުމަށް 17 އަދި 18 ވަނަ ދުވަހު 304 ނޯޓިކަލް މޭލުގެ ސަރަހައްދެއް އެމްއެންޑީއެފުން ބަލައިފައިވާއިރު، އިއްޔެ ފުވައްމުލަކު ވަށައިގެންވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ ކަނޑުމަގުންނެވެ.

ރާޖު ކުމާރު ނަމަކަށް ކިޔާ މި މީހާ އޭނާ ދަތުރުކުރަމުން ދިޔަ ބޯޓުގައި ނެތްކަން އެނގިފައި ވަނީ ފުވައްމުލަކާ އަށް މޭލު ދުރުން އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވައެވެ. އެ ބޯޓު އައްޑޫން ފުރީ 16 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން