އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މީގެ ކުރިން ވިދާޅުވެފައިވަނީ ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ފަހުން ވަނީ އެއީ ކުށް މަޢުލޫމާތެއް ކަމަށް ވިދާޅުވުމަށްފަހު އެކަން ރަނގަޅު ކޮށްދިނުމަށް ނޫސްވެރިންގެ ކިބައިން އެދިފައެވެ.
“ކުރީގެ އިންފޯރ ގައި އޮޕަރޭޝަން ހުއްޓާލި ކަމަށް ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުން. އެކަމަށް މައާފަށް އެދެން. ހަބަރުން އެކަން ރަގަޅުކޮށްލަ ދެއްވުން އެދެން.“ އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވަނީ ސީމެކްސް ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށްޓަކާ، އޮޔާއެކު މީހާ ދާނެކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި ސަރޗް އޮޕަރޭޝަން ހިންގާފައެވެ. އޭގެ އިތުރުން މިސަރަހައްދުގައި ދަތުރުކުރާ އިންޓަރނޭޝަނަލް އުޅަނދުފަހަރާ ވެސް ކޯޑިނޭޓް ކުރަމުން ދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ނޭޕާލްގެ ރައްޔިތެކެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 17 ވަނަ ދުވަހެވެ.
ސީމެކްސް ބޯޓުގައި އޭނާ ނެތްކަން އެނގިފައި ވަނީ ފުވައްމުލަކާ އަށް މޭލު ދުރުން އެ ބޯޓު އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވައެވެ. އެ ބޯޓު އައްޑޫން ފުރީ 16 ވަނަ ދުވަހުގެ ރޭ 11:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު