120 ދަރިވަރުންނާއެކު 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ފަށައިފިއެވެ.
މާލެއަތޮޅު ގިރިފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިން ސެންޓަރުގައި މިއަދު މި ކޭމްޕު އިފުތިތާހުކޮށްފައިވާއިރު މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެެ ކޮމާންޑިންގ އޮފިސަރު އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ.
އަންނަ މަހުގެ އެއްވަނަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޭމްޕްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވެއެވެ. އޭގެ ތެރޭގައި 66 ފިރިހެން އަދި 54 އަންހެން ކެޑޭޓުން ހިމެނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ އިބްރާހިމް ވަނީ ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވާފައެވެ. އަބްދުﷲ އިބްރާހިމް ވަނީ ކޮންމެ ކެޑޭޓަކުވެސް ހިތްވަރާ އެކު މަަސައްކަތްކޮށް، ކޭމްޕްގައި އުނގަންނައިދޭ އިލްމާއި ހުނަރުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި ކޮންމެ ކެޑޭޓަކުވެސް ވާދަވެރި ރޫހެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އޭނާ ހިތްވަރުދެއްވިއެވެ.
މި ރަސްމިއްޔާތުގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ކޭމްޕްގެ ކޮމާންޑަރު، ކެޕްޓަން އަހްމަދު ވިޝާންއެވެ. އަދި ވައުދު ލައިދެއްވީ ކެޑޭޓް ކޭމްޕްގެ ޗީފް އިންސްޓްރަކްޓަރު، ކެޕްޓަން ޙަސަން އަކްރަމެވެ. މީގެ އިތުރުން ދަރިވަރުންނަށް އިގުރާރު ލައިދެއްވީ ކޭމްޕްގެ ސީނިއާ އެންލިސްޓެޑް ލީޑަރު، ފަސްޓް ސާޖަންޓް އަޙްމަދު ލަތީފްއެވެ.
އެމްއެންޑީއެފުން ބުނީ މި ކޭމްޕްގައި ކިޔަވައިދެއްވަނީ ރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފަރާތުން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ސްކޫލުތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން ތަޢުލީމީ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއެވެ. މި ކޭމްޕުގެ މުއްދަތުގައި އެމްއެންސީސީގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކެޑޭޓް ކޭމްޕްގެ މަގްސަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމައު އަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމެވެ. އަދި ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ގައުމީ ރޫޙް އާލާކޮށް ދިރުވުމެވެ.
މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތައާރަފު ކޮށްދިނުމާއި ގައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު