ނިޔާވެފައި އޮތް މީހަކު ގެއަކުން ނެރުމުގެ މަސައްކަތުގައި ފުލުހުން ޙަރަކާތްތެރިވަނީ
ނިޔާވެފައި އޮތް މީހަކު ގެއަކުން ނެރުމުގެ މަސައްކަތުގައި ފުލުހުން ޙަރަކާތްތެރިވަނީ
މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު އަނެއްކާވެސް ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރު 1:27 ހާއިރު ކަމަށެވެ.

އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ރޭ ނިޔާވެފައި އޮއްވައި ފެނިފައިވަނޫ ގ. ބިއުޓީވިލާ ޢުމުރުން 45 އަހަރުގެ ދާއޫދު ޝިމްރީޒް އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

މާޅޭ ގެެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ރޭ ފެނިފައިވާއިރު އިއްޔެވެސް މާލޭ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ވަނީ ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން