ހުޅުމާލެ--
ހުޅުމާލެ--
ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ވިއްކުމަށް އިއުލާންކޮށްފައިވާ ބައެއް ބިންތައް ބީލަމުގެ އުސޫލާ ހިލާފަށް ވިއްކިކަމަށް ބުނާ ވާހަކަތައް އެޗްޑީސީން ދޮގުކޮށްފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ހަބަރުތައް ފަތުރާފައިވަނީ އެ ކޯޕަރޭޝަންގެ އިތުބާރު ގެއްލޭގޮތަށް ކަމަށެވެ.

އަދި އެ ބިންތައް ވިއްކާފައިވަނީ އާންމުކޮށް އިޢުލާންކޮށްގެން، ހާމަކަން ބޮޑު ބިޑިންގ ޕްރޮސެސްއެއްގެ ދަށުން ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑިސީން ބުނީ ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށްވާ އިރު ބީލަށް ހުށަހެޅުމުގެ ފުރުސަތު ދިނީ ވެސް އީއޯއައި ހުށަހެޅި ފަރާތަކަށް ކަމަށެވެ.

އަދި ބިން ގަތުުމުގެ ފުރުސަތު ދީފައިވަނީ ބިޑްކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނިމޭއިރު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށް ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާންކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައި ކަމަށާއި އަދި ބޭސް ޜޭޓުގެ އަގުތަކަކީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ އަގުތަކެއް ކަމަށެވެ.

އެޗްޑީސީން ވަނީ ބިޑްކޮށްގެން ވިއްކި ތިން ލޮޓުގެ ބޭސް ރޭޓްގެ އަގުތަކާއި އަދި އެ ލޮޓްތަކަށް ބިޑްކުރި އަގުތައް ވެސް މިއަދު ހާމަކޮށްފަ އެވެ.

އެގޮތުން ތިން ލޮޓެއްގެ ބޭސް ރޭޓްގެ ގޮތުގައި އަކަ ފޫޓަކަށް 4000 ރުފިޔާ ކަނޑައަޅާފައި އޮތްއިރު ބިޑް ކާމިޔާބުކުރި އެންމެން ވެސް ހުށަހަޅާފައި ވަނީ އެއަށް ވުރެ ބޮޑެތި އަގުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން