ކުރީ ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ދިނީ އިންސާފުން ނޫން ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަން ރަނގަޅުކުރާނެ ކަމުގެ އުއްމީދު އެބައޮތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބިންވެރިޔާގެ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ކުރިން ވެސް ގޯތި ލިސްޓު ހަދާފައި އޮތީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށެވެ. އަދި މި ފަހަރުވެސް އެކަން ތަކުރާރުވެ ބޭއިންސާފުގެ އިތުރު ބޮޅެއް އެކުލަވާލެވިގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ނަމަވެސް މި ފަހަރު އެ މައްސަލަ ބަލަން ފަށައި އެޗްޑީސީގެ ވެރިން ބަދަލުކުރިކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
އަދި މި ފަހަރު ފުލުހުން ރަނގަޅު ތަހުގީގެއް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަ އެހެންމެ އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނުކުރި މައުރޫފް ޖަމީލް މި ކަންކަން އިސްލާހު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި ފަޒުލް ރަޝީދު ހިމެނޭ ގޮތަށް އެޗްޑީސީގެ ބޯޑުގައި ހިމެނޭ އެންމެ ބޭފުޅެއް ފިޔަވައި އެންމެން ސަސްޕެންޑްވެސް ކުރި އެވެ.
އޭގެ ފަހުން ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ މައްސަލަ މިހާރު އޭސީސީ އަދި ފުލުހުން ވެސް ދަނީ ބަލުމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު