ޕީއެސްއެމްގެ ޗެއާޕާސަންކަމަށް ޢައްޔަނު ކުރެއްވި އައިމިނަތު ނަމްޒާ
ޕީއެސްއެމްގެ ޗެއާޕާސަންކަމަށް ޢައްޔަނު ކުރެއްވި އައިމިނަތު ނަމްޒާ
ޕަބްލިކް ސާވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާޕާސަންގެ މަގާމަށް މ. ހަނީކޯމްބް، އާމިނަތު ނަމްޒާ މިއަދު އައްޔަނު ކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ޕީއެސްއެމްގެ ޗެއަރޕާސަންގެ މަޤާމަށް ނަމްޒާ ޢައްޔަނު ކުރަށްވާފައިވާއިރު މިހާތަނާ ޖެހެންދެން ނަމްޒާ ހުންނެވީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަޤާމުގައެވެ.

ނަމްޒާ ޕީއެސްއެމްގެ ޗެއަރޕާސަންގެ މަޤާމަށް އައްޔަނު ކުރަށްވާފައިވާއިރު ޕީއެސްއެމްގެ ބޯޑަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަނީ ކުރަމުންނެވެ.

އެގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އެ ތަނުގެ ސޭލްސް އެންޑް މާކެޓިންގެ ވެރިޔާ އިބްރާހިމް ނަސްރީން އިއްޔެ ވަނީ އައްޔަނުކޮށްފައެވެ.

ނަސްރީން އެމަގާމަށް އައްޔަނު ކުރައްވާފައިވަނީ، އެމަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން