ކުޑަވެސް ޝައްކެއް ނެތްގޮތުގައި، މުސްލިމުންނަށްޓަކައި ﷲ ތަޢާލާ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ ދެޢީދެވެ. އެއީ ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ. މިދެޢީދަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިންވާ ދެޢީދެވެ. އަދި މިދެޢީދުގެ ދުވަސްތައް ވޭތުކުރުމުގައިވެސް މުސްލިމުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އަދަބުތައް އިސްލާމް ދީނުގައި ވަނީ ކަނޑައަޅުއްވާފައެވެ.
އެއާ ޚިލާފަށް ކްރިސްމަސް އަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަރިކަލަކު ލިބުނު ކަމަށް ބުނެ، ނަޞާރާއިން ފާހަގަ ކުރާ ޢީދެކެވެ. އަދި އެދުވަހު ނަޞާރާއިންނަށް ތަހުނިޔާ ކިޔުމަކީ، މާތްالله ގެ އެއްކައުވަންތަކަމަށް އިންކާރު ކުރުމުން ކިޔޭ ތަހުނިޔާއެކެވެ. އެހެންކަމުން އެދުވަހުގެ އުފާ ފާޅުކުރުންތަކުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަވާނެ ކަމެއް ނޫނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَلَا يَرْضَىٰ لِعِبَادِهِ الْكُفْرَ﴾ ﴿الزمر-٧﴾ - މާނައީ: "އަދި އެއިލާހުގެ އަޅުން ކާފިރުވުމަކަށް އެއިލާހު ރުހިވޮޑިގެން ނުވެއެވެ."
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ» [رَوَاهُ أَحْمد وَأَبُو دَاوُد] މާނައީ: "ބަޔަކާ ވައްތަރުވެގެންފި މީހަކުވަނީ އެބައެއްގެ ތެރެއިންނެވެ."
ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެން ވެއެވެ. "މުޝްރިކުންގެ ޢީދެއްގައި އެބައިމީހުންގެ ކަނީސާއަށް ނުވަންނާށެވެ. ފަހެ ހަމަކަށަވަރުން އެފަދަ ވަގުތުތަކަކީ ﷲ ގެ ކޯފާ އެބައިމީހުންގެ މައްޗަށް ބާވައިލައްވަފާނެ ވަގުތެކެވެ."
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ މުސްލިމަކު ނަޞާރާއީންގެ ޢީދާ ދިމާކޮށް އެބައިމީހުންނަށް އެއްވެސް މިންވަރެއްގެ ހަދިޔާއެއް ދިނުން ހުއްދަ ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކާފަރުންގެ ޢީދު މަތިވެރި ކުރުމަށްޓަކައި ވެވޭ އެހީއަކާއި ދެވޭ ވާގިވެރި ކަމެއް ކަމަށް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ.
މިޒަމާނުގައި އަހަރެމެންގެ ތެރޭގައިވެސް ޣައިރު މުސްލިމުންނަށް ކްރިސްމަސްގެ ތަހުނިޔާ ކިޔައިލުމަކީ މައްސަލައެއް ކަމަށް ނުދެކޭ މީހުން އުޅެއެވެ. އެހެން ނަމަވެސް ވިސްނައިލުން ހުއްޓެވެ. މާބޮޑު ކަމަކަށް ނުދެކި އެ ބުނެވޭ ބަހަކީ ބޮޑު ބަހެކެވެ. ނުރައްކާތެރި ބަހެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ. ﴿وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا * لَّقَدْ جِئْتُمْ شَيْئًا إِدًّا * تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا * أَن دَعَوْا لِلرَّحْمَٰنِ وَلَدًا﴾ ﴿مريم ٨٨-٩١﴾
މި އާޔަތްތަކުގެ މާނައީ: "ރަޙްމާން ވަންތަ ރަސްކަލާނގެ، ދަރިކަލަކު ހިއްޕެވިކަމަށް އެ ކާފިރުވި މީހުން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަ ގެނައީ، ވަރަށް ވެސް ނުބައިވެގެންވާ ބަހެކެވެ. އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ ރަޙްމާން ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ."
އެހެންކަމުން ކްރިސްމަސް ފަދަ ޣައިރު މުސްލިމުންގެ ދީނީ ޢީދުތަކުގައި ބައިވެރިވެ ތަހުނިޔާ ކިޔައި އެ މީހުންނާ އެއްގޮތްވެ ގަތުމަކީ އެއްގޮތަކަށްވެސް މުސްލިމުންނަށް ހުއްދަ ވެގެންވާނޭ ކަމެއް ނޫނެވެ. އެއާ ޚިލާށް އެއީ ނަރަކައިގެ އަލިފާނަށް ތިމާ ހުށަހެޅިގެން ހިނގައިދާނޭ ކަމެކެވެ.
ނަޞާރާއިންނަށް ކްރިސްމަހުގައި ތަހުނިޔާ ކިޔުން، ހަތަރު މަޛުހަބުގެ އިއްތިފާޤުން ހުއްދަ ވެގެން ނުވެއެވެ. މިއާއި ޚިލާފު ޤަޥްލެއް މިމައްސަލާގައިވާ ކަމުގައި އެނގިފައެއް ނެތެވެ. ނަމަވެސް ކްރިސްމަސް ފަދަ ދުވަސް ތަކުގައި ނަޞާރާއިންނަށް ތަހުނިޔާ ކިޔުން ހުއްދަ ނުވުމުގެ މާނައީ އެވެރިންނަށް އެއްޗެތި ގޮވުމެއް ނޫނެވެ.
އަދި މާތް ﷲ އާއި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވާ މީސްތަކުންނަށް އޮތީ ކްރިސްމަސް ފަދަ ފިތުނަވެރި މަޅިތަކުން ނެއްޓި ގާތްތިމާގެ އަހުލުންނާއި ރައްޓެހިން މިކަންކަމުން ދުރުކުރުވަން މަސައްކަތް ކުރުމެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. «مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ» [رواه مسلم] މާނައީ: "ފަހެ ހެޔޮކަމަކަށް މަގުދައްކައިފި މީހާ އޭނާއަށް އެކަންކުޅަ މީހާއާ އެއްވަރަށް ހެޔޮކަން ލިބޭ ހުއްޓެވެ."

ކިޔުންތެރިންގެ ހިޔާލު