ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ދާދި ފަހުން އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ރައީސްގެ މޭޒުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކޮށްފައިވާ އެ މައްސަލައަކީ މިނިސްޓަރު ޑރ. މައުސޫމަށް ރުހުން ދިނުމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް ފޮނުއްވާފައިވާ މައްސަަލައެވެ.
މީގެ ކުރިން ވެސް މިނިސްޓަރު މައުސޫމަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވައި، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވެސް ރުހުން ދިނުމަށް ނިންމައި އެ ކޮމިޓީގެ ރިޕޯޓް އެކުލަވާލިއެވެ.
ނަމަވެސް ޑރ. މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވި އިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރެއްގެ މަޤާމުގައި ކަމަށް ވުމާއެކު ބައެއް މެންބަރުން ވަނީ އޭނާގެ ވަޒީރު ކަމުގެ ހުވާގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފައްދަވައިފައެވެ.
ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރު ކަމުގައި ހުންނަވާއިރު ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު