ވައްކަންކޮށް ނެގި ތަކެތި މިސްކިތުގައި ފޮރުވި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު އަބޫ ޖަފަރު (28އ.) އެވެ.
އޭނާގެ މައްޗަށް ފުލުހުން ކުރަނީ ވައްކަމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށެވެ.
ބަންދު އަމުރުގައިވާ ގޮތުން ވަގަށް ނެގި ކަމަށް ބެލެވޭ ތަކެތި ހިފައިގެން ޖަފަރު އުޅޭ މަންޒަރު ސީސީޓީވީގެ ފުޓޭޖުން ފެނެއެވެ. ނަމަވެސް އެ ތަކެތި ބަލާ ދިޔައީ ދިވެހި މީހަކު ބުނެގެން ކަމަށާއި އެއީ ވަގަށް ނަގާފައިވާ ތަކެތިކަން އޭނާއަށް ނޭނގޭ ކަމަށް ބުނާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ބަންދު އަމުރުގައި ބުނީ އޭނާ އެތަކެތި މިސްކިތެއްގެ ތެރޭގައި ފޮރުވާފައި ބެހެއްޓުމާއި އަދި އެ ތަކެތި ފޮރުވާފައި ހުރި ގޮތާއި އަދި އެ ތަކެތި އުފުލި ގަޑިންވެސް ވަރަށް ބޮޑަށް ވައްކަމުގެ ޝައްކު ކުރެވޭ ކަމަށްބުނެފައި ވެއެވެ.
އެ ބިދޭސީ މީހާގެ ވޯކް ވިސާވެސް މިދިޔަ ނޮވެމްބަރު ގައި އޮތީ ހަމަވެފައި ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު