ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
އަމިއްލަ އޮފީހަކުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ލ. މާވަށް ވައިފިނިގޭ ޢަބްދުالله އަފީފްގެ ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ހުއްދަ ނެތި ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ.

އޭނާގެ ބަންދު އަމުރުގައިވަނީ ވައްކަންކުރަން އޭނާ އެއޮފީހަށް ވަނުމަށް ކަޅުހުރާ މިސްކިތް ކައިރިން ދާތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.

އަދި އެ އޮފީހުގެ ފާހާނާގެ ޓައިލްސްއިން އޭނާގެ ފިންގަޕްރިންޓް ފެނިފައިވާތީ ވައްކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން