ތ. ތިމަރަފުށި
ތ. ތިމަރަފުށި
ތިމަރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ތިމަރަފުށީގައި 5 މީހުންގެ ގްރޫޕަކުން ގެޔަކަށްވަދެ އެގޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި ޙާދިސާގެ މައުލޫމާތު ލިބިފައިވަނީ މެންދުރު 13:27 ގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން