ސީންއިން މަސްތުވާތަކެތި ފެނުމުން އެއީ ބައްޕަގެ ތަކެތި ކަަމަށް ބުނެ ރެކެން މީހަކު މަސައްކަތްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލަގައި ހައްޔަރުކުރީ މއ. ފޯވިންގްސް ހުޅަނގުބައި/މާލެ، މުހައްމަދު ރިޝްވާން ނައީމް(23އ.) އެވެ.
އޭނާާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ގެންގުޅުމުގެ އިތުރުން ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
އެގޮތުން އެ ސީނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އަދި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ އާލަތްތައް ފެނުނު ކަމަށް ބުނެފައި ވެއެވެ.
ބަންދު އަމުރުގައިވާ ގޮތުން ސީނުން މަސްތުވާތަކެތި ފެނުނު އިރު އެއީ ރިޝްވާންގެ ބައްޕަގެ ތަކެތި ކަަމަށް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ތުހުމަތުތަކަށް އިންކާރުކޮށް ފަހުން އެއީ ބައްޕަގެ ތަކެތި ކަމަށް ރިޝްވާން ބުނިކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެ މައްސަލައިގައި ރިޝްވާންއާ ދެކޮޅަށް ސީންގެ ރިޕޯޓްއާއި އިންޓެލިޖެންސްގެ ރިޕޯޓްގެ އިތުރުން ކުޑަކަމުދާތަކެތީގެ ތަހުލީލީ ރިޕޯޓް ހުށަހަޅާފައި ވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަސް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު