އިހަވަންދިއްޕޮޅުން ޚިދުމަތް ފޯރުކޮށްދިން ޔޮޓް
އިހަވަންދިއްޕޮޅުން ޚިދުމަތް ފޯރުކޮށްދިން ޔޮޓް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިހަވަންދިއްޕޮޅުގައި ގާއިމުކޮށްފައިވާ އިންޓަނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓުން ބޭރުގެ ޔޮޓަކަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވީ އިހަވަންދިއްޕޮޅުގައި، ގާއިމުކޮށްފައިވާ އިންޓަރނޭޝަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓުން ޚިދުމަތް ހޯދުމަށް ބޭނުންވި ރާއްޖޭން ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ޚިދުމަތް ދީފައިވާ ކަމަށެވެ. މިއީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެއް ކަމަށްވެސް ވަޖީހް ވިދާޅުވިއެވެ.

“މިދުވަސްވަރު ރާއްޖެއަށް ފަތުރުވެރިން ގޮވައިގެން ގިނަ ޢަދަދަކަށް ޔޮޓު ފަހަރު ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބޭނުންވާ ފުރިހަމަ ޚިދުމަތްތައް ފޯރު ކޮށްދިނުމަށް އެމްޕީއެލް އިން ވަނީ ތައްޔާރު ވެފައެވެ.” ވަޖީހު ވިދާޅުވެފައިވެއެވެ.



ވަޖީހު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދެނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެެ.

އިހަވަންދިއްޕޮޅުގައި ފެށި މި ހިދުމަތުގެ ދަށުން، އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފޯރުކޮށްދީފައިވަނީ އެމްއެސްއެސް އިން އޮޕަރޭޓްކުރާ "ވައިސީ ބެރިއާ" އަށެވެ.

އިހަވަންދިއްޕޮޅަކީ ދުނިޔޭގެ މުހިންމު ޝިޕިން ރޫޓްތަކާ ގުޅިފައިވާ، މެރިޓައިމް ހިދުމަތްތައް ތަރައްގީކުރުމަށް އެކަށޭނަ ސަރަހައްދެކެވެ. މި ސަރަހައްދުގައި ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން