ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން މައްސަލަ ސިވިލް ކޯޓަށް އެންމެ ފަހުން ހުށަހަޅަން ނިންމައިފިއެވެ.
ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ރާޣިބު ހައި ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.
ނަމަވެސް ހައިކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައި ނުގަންނަން ނިންމައި މައްސަލަ ބޭރުކޮށްލައިފައެވެ.
އެ މައްސަލައިގައި މި ސަރުކާރުން ރާޣިބު ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކުރި ނަމަވެސް ރާޣިބު އަދިވެސް ހުރީ އެ މައްސަލަ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ރާޣިބު ވިދާޅުވީ ދެން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.
ރާޣިބް ވިދާޅުވީ ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ 10،000 މީހުން ހަމަވި ކަމަށް ބުނެ ލިޔެކިއުންތައް އޮޅުވާލައިގެން ހުށަހަޅައިގެންނެވެ.
އެކަމުގައި ތިނަދޫގެ އާބާދީ ބެލުމަށްޓަކައި ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނަށް މައުލޫމާތު ހޯދަން ހުށަހެޅި ކަމަށާއި އަދި މިދިޔަ މަހު އެ މުވައްސަސާއިން ލިބުނު މައުލޫމާތުން އެކަން ކަށަވަރުކުރެވިފައިވާ ކަމަށް ރާޣިބް ވިދާޅުވިއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ނިމިގެން ދިޔަ ރިޔާސީ އިންްތިޚާބުގެ ކެމްޕޭންގެ ދުވަސްވަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. އޭރުވެސް އެއީ ކެމްޕޭނަށް ކުރި ކަމެއް ކަމަށް ބުނެ ފާޑުކިއުންތައް އޮތީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު