މިދިޔަ އަހަރު ފުލުހުންނަށް ހުށައެޅުނު މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް މަދުވި ނަމަވެސް އެކްސިޑެންޓްތައް އިތުރު ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު 2،867 އެކްސިޑެންޓް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. 2023 ވަނަ އަހަރު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2،300 އެކްސިޑެންޓެވެ.
މިދިޔަ އަހަރު އެކްސިޑެންޓުތައް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓްކޮށްފައިވާ މާޗު މަހު 301 އެކްސިޑެންޓް ހިނގާފައިވެއެވެ.
ފުލުހުން ޢާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެއިދާރާއަށް ވައްކަމުގެ 3751 މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރު ރިޕޯޓުކޮށްފައިވާ 3817 މައްސަލައަށްވުރެ މަދު ޢަދަދެކެވެ.
ހަމައެއާއެކު މަސްތުވާތަކެއްޗާ ގުޅުންހުރި 1662 މައްސަލަ މިދިޔަ އަހަރު ރިޕޯޓު ކޮށްފައިވާއިރު 2023 ވަނަ އަހަރު އެއިދާރާއަށް ރިޕޯޓު ކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 1752 މައްސަލައެވެ.
އޭގެއިތުރުން 2024 ވަނަ އަހަރު ޚިޔާނާތުގެ 654 މައްސަލަ އާއި މުދަލަށް ގެއްލުން ދިނުމުގެ 665 މައްސަލަ އާއި މާރާމާރީގެ 711 މައްސަލަ އާއި ފޭރުމުގެ 504 މައްސަލަ އާއި ގެވެށި އަނިޔާގެ 248 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު