އިރުވައި މޫސުމާ ގުޅިގެން ކުޅުދުއްފުށްޓަށް އަނެއްކާވެސް ގުޑުގުޑާދޫނިތަކެއް ޒިޔާރަތްކޮށްފިއެވެ.
މީސް މީޑިޔާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު މި ދޫނިތައް މިހާރު ތިބީ ކުޅުދުއްފުށީ ކުޅީގައެވެ. އެތަނުގައި ގިނަ ދޫނިތަކެއް ތިބި މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވާއިރު މީގެ ކުރިންވެސް ގުޑުގުޑާދޫނި އެ ސިޓީއަށް ވަނީ ޒިޔާރަތް ކޮށްފައެވެ.
ފާއިތުވި ތިން އަހަރުވެސް ގުޑުގުޑާދޫނީގެ އައިނުތައް ކުޅުދުއްފުށްޓަށް ވަނީ އައިސްފައެވެ. އެގޮތުން މި ދޫނިތައް ފުރަތަމަ ކުޅުދުއްފުށީ ކުޅިއަށް އަންނަން ފެށީ 2021 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭގެފަހުން ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގައި މި ދޫނިތައް ކުޅުދުއްފުށްޓަށް ޒިޔާރަތްކުރެއެވެ.
މީގެ ކުރިންވެސް ކުޅުދުއްފުއްޓަށް މި ދޫނިތައް ޒިޔާރަތް ކޮށްފައިވާއިރު އެ ސިޓީން މި ދޫނިތަކަށް ރައްކާތެރިކަން އޮންނަކަން ހާމަވެއެވެ. އަދި މި ދޫނިތަކުގެ ހިތްގައުމު ފޮޓޯތައް ކޮންމެ ފަހަރަކުވެސް މީސް މީޑިޔާގައި ދައުރުވާއިރު މިކަމަށް ގިނަ ބައެއްގެ ސަމާލުކަންލިބި އެ ސިޓީއަށް މި ދޫނިތައް ބަލަން ދާ ފަރާތްތައްވެސް އިތުރުވެއެވެ.
ގުޑަގުޑާދޫންޏަކީ ރާއްޖޭގައި އުޅޭ ދޫންޏަކަށް ނުވާއިރު މީގެ ކުރިން މި ދޫނި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަންވެސް ފާހަގަ ކުރެވިފައި ނުވެއެވެ. ނަމަވެސް މި ދޫންޏަކީވެސް ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު