ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ އާއި ރޭ މާލެއަށް 162 މިލިމީޓަރު، އަދި ހުޅުމާލެއަށް 164 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލޭ ސަރަޙައްދަށެވެ. އެގޮތުން ހުޅުމާލެއަށް 164 މިލިމީޓަރު އަދި މާލެއަށް 162 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އިއްޔެ ހެނދުނުން ފަށައިގެން ކުރި ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގޭގެއަށާއި ވިޔަފާރިކުރާ ތަންތަނަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެމްއެންޑީއެފުން ބުނީ ވިއްސާރާގައި މާލޭގެ މަގުތަކުން 30569 ޓަނުގެ ފެން ހިންދާފައިވާ ކަމަށެވެ.
އިއްޔެގެ ވިއްސާރައިގައި މާލެއަށް ލިބުނު ގެއްލުމުގެ ސަބަބުން 36 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި ހަފުތާ ބަންދަށްވެސް ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށްފަހު ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު