ޓޫރިސްޓު ވިސާއާ ހިލާފުވި މެދު އިރުމަތީގެ ދެ މީހުން ފޮނުވާލަން ނިންމައިފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ބުނީ ޓޫރިސްޓް ވިސާއާ ހިލާފުވެ ރާއްޖޭގައި މަސައްކަތް ކުރަމުންދާ ސީރިއާއާއި އުރުދުންގެ ދެ މީހުންގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ސީރިއާގެ 19 އަހަރުގެ އަންހެނަކާއި އަދި އުރުުދުންގެ 24 އަހަރުގެ ފިރިހެނެކެވެ.
އެ ދެ މީހުން ދިރިއުޅެމުންދަނީ ވެސް އާންމު ތަންތަނުގައި ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
އެހެންވެ އެ ދެ މީހުން ފޮނުވާލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިމިގްޜޭޝަނުން ބުނެފައި ވެއެވެ.
އެ ދެ ބިދޭސީން ވެސް މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
ވިސާ ނެތި ރާއްޖޭގައި އުޅޭތާ 12 އަހަރު ވެފައިވާ ފްރާންސްގެ އާއިލާއެއް ވެސް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ދަނީ ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު