ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތް، ޔާމީނަށް އެނގިވަޑައިނުގެން އެ މިންވަރަށް ހިންގިދާނެކަމާމެދު ސުވާލު އުފެދޭކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ބާ ކައުންސިލްގެ މެންބަރު އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރިން ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު ވެސް ފުރުއްވާ ފައިވާ މުޢިއްޒު މި ސުވާލު އުފެއްދެވީ އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި، އެމްޑީޕީގެ ސަރުކާރުންނާއި މި ސަރުކާރުން ވެސް އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރާތަން ނުފެންނަ ކަމަށާއި މި ސަރުކާރުގައި ވެސް ތިބީ އެމްއެމްޕީއާރުސީގެ ފައިސާއިން ބައި ލިބުނު މީހުން ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
އެ ޕޯސްޓަށް ރައްދު ދެއްވަމުން މުޢިއްޒު އެކްސްގައި ވަނީ، ލޯންޗު ގޮއްވާލުމުގެ ހާދިސާގެ ކުރިން އޭރުގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްސަލަ ބަލަން ރައީސް ޔާމީން އުޅުއްވިތޯވެސް ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ، ރައީސް ޔާމީނަށް އެނގިވަޑައިގަތުމެއް ނުވަތަ ބައިވެރިވަޑައިގަތުމެއް ނެތި އެމްއެމްޕީއާރުސީގައި އެ މިންވަރަށް ކޮރަޕްޝަން ހިންގިދާނެކަމާމެދު ޝައްކު ކަމަށެވެ.
މިފަހުން ހިނގާދިޔަ ސިނގިރޭޓް ތަކެއް ގެއްލުނު ހާދިސާއާއި ގުޅިގެން ބޮޑު އަދަދަކުން ބަޔަކު ޖޫރިމަނާކުރި މައްސަލައާއި ގުޅުވައިގެން ވެސް މުޢިއްޒުވަނީ އެކްސްގައި ވަރުގަދަ ރައްދެއް ދެއްވާފައެވެ.
"އެންގި އެންގުން އޮންނާނީ ކަރުދާހުގައި. އެންމެ ލޯ ލާރިއެއް ހޯދުނަސް ރަނގަޅު. ވެންޓިލޭޓަރު ވިއްކި ދުބާއީ ކުންފުނިން ވެސް ލާރިއެއް ހޯދުނު ކަމަކަށް ނުފެނޭ. އެމްއެމްޕީއާރުސީ އާއި ބްރޯގެ ވާހަކަ ދައްކާ މީހަކު ނެތް.” މުޢިއްޒު އެކްސްގައި ވިދާޅުވެފައި ވެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ ޝާމިލުވުމެއް ނޯންނާނެކަމަށް ވިދާޅުވެ އެމަނިކުފާނު ގެންދަވަނީ ޕާޓީ ޖަލްސާތަކުގައި ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި ސަރުކާރަށް ވެސް އެ މައްސަލަތައް ބަލައި ފައިސާ ހޯދަން ނުކެރޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ކުރީގެ ރައީސް ޔާމީނާއި އޭރުގެ ސަރުކާރުގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ވެސް ހުކުމްތަކެއް އިއްވި މައްސަލައެކެވެ.

Launch govumuge haadhisaage kurin Bro ge massala ballavan Raees Yameen ulhuvvibaa? Raees Yameen ah engivadugathumeh nuvatha baiverivedaigathumeh nethi MMPRC ge corruption e minvarah hingi dhaanee kamaamedhu alhugadah shakku! https://t.co/PlEY8H9GnD
— Ahmed Muizzu (@AhmedMuizzu) January 7, 2025
މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ ޝާމިލުވުމެއް ނޯންނާނެކަމަށް ވިދާޅުވެ އެމަނިކުފާނު ގެންދަވަނީ ޕާޓީ ޖަލްސާތަކުގައި ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި ސަރުކާރަށް ވެސް އެ މައްސަލަތައް ބަލައި ފައިސާ ހޯދަން ނުކެރޭނެކަމަށް ތަކުރާރުކޮށް ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ކުރީގެ ރައީސް ޔާމީނާއި އޭރުގެ ސަރުކާރުގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ވެސް ހުކުމްތަކެއް އިއްވި މައްސަލައެކެވެ.
ކިޔުންތެރިންގެ ހިޔާލު