ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ގުޅިގެން މި މަހު އިހުތިޖާޖަށް ނުކުންނަން އިދިކޮޅު އެމްޑީޕީން ފާސްކޮށްފި އެވެ.
ޕާޓީ ބަަދަލުކޮށް ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ފާސްކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ.
ނަމަވެސް އެކަމާ ދެކޮޅުކަން ހާމަކޮށް އެމްޑީޕީން ވަނީ ގާނޫނު އަސާސީ ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމަށް ގޮވާލައިފަ އެވެ. އަދި ގާނޫނުއަސާސީއަށް މި ގެނައި ބަދަލު އިހު އޮތް ގޮތަށް ރުޖޫއަކުރުމާ ހަމައަށް، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ކުރުމަށް ވެސް އެމްޑީޕީން މިދިޔަ މަހު ކުރީކޮޅު ގަރާރެއް އޮތީ ފާސްވެސްކޮށްފަ އެވެ.
އޭގެ ފަހުން ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވި އިރު ގާނޫނު އަސާސީއަށް އިސްލާހު ގެނައި މައްސަލައިގައި މި މަހުގެ 31 ވަނަ ދުވަހު މާލޭގައި އިހުތިޖާޖަށް ނުކުންނަން ވަނީ ފާސްކޮށްފަ އެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު "ރަސް"އަށް ވިދާޅުވީ ފުރަތަމަ އިހުތިޖާޖު މާލޭގައި ފަށައި އަދި ފަހުން އަތޮޅު ތެރެއަށް ވެސް ފުޅާކުރާނެ ކަމަށެވެ.
އެ އިހުތިޖާޖުގައި އެހެން ޕާޓީއަކުން ބައިވެރިވާނެތޯ ސުވާލުކުރުމުން ޒިޔާދު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރަން ފާސްކުރި ގަރާރުގައި ބުނި ނަމަވެސް އަދި ޕާޓީތަކާ މަޝްވަރާނުކުރާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު