އިމިގްރޭޝަން އޮފިސަރުންތަކެއް
އިމިގްރޭޝަން އޮފިސަރުންތަކެއް
އިމިގްރޭޝަން ވޮޗަށް ހުށައެޅި 1061 މައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބަލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން ވޮޗްގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ތަޢާރަފުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.

އެޕޯޓަލް އަށް ހުށައަޅާފައިވާ މައްސަލަތަކުގެ އަދާހަމަ ހާމަކޮށް އިމިގްރޭޝަނުން ބުނެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ޕޯޓަލް އަށް ހުށައެޅުނު ޝަކުވާތަކުގެ ތެރެއިން 1061 މައްސަލަ ބަލާފައިވާ ކަމަށެވެ.

އެގޮތުން ބިދޭސީ މަސައްކަތްތެރިން ޤާނޫނާއި ގަވައިދާއި ޚިލާފަށް ވިޔަފާރިކުރާ 239 މައްސަލަ ހުށައަޅާފައިވާއިރު ހަމަ އެޢަދަދަށް ވޯކް ވިސާއާ ގުޅޭ މައްސަލަތައްވެސް އެ ޕޯޓަލް މެދުވެރިކޮށް ހުށައަޅާފައިވެއެވެ.

ހަމައެއާއެކު ހިއުމަން ޓްރެފިކިންގެ 7 މައްސަލައާއި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ 7 މައްސަލައެއް އިމިގްރޭޝަން ވޮޗަށް ހުށައަޅާފައިވެއެވެ.

އޭގެ އިތުރުން ހަށިވިއްކުމުގެ 65 މައްސަލައަކާއި ވަޒީފާއަށް ފިލުމުގެ 41 މައްސަލަ އާއި ޓޫރިސްޓް ވިސާއާ ޚިލާފުވި 14 މައްސަލަ އާއި އެމްޕްލޯޔަ ސްޕޮންސާއާ ޚިލާފުވި 12 މައްސަލައަކާއި ވިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި 12 މައްސަލަ އާއި އެކި ބާވަތުގެ ކުށް ކުރުމުގެ 11 މައްސަލަ އާއި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރި ކުރުމުގެ 10 މައްސަލައެއް ހުށައެޅުނުކަން އެ އިދާރާއިން ފާހަގަ ކޮށްފައިވެއެވެ.

އިމިގްރޭޝަނުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅެމުން ދިޔަ 5،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން