އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ވަދެވޭ ގޮތަށް އުސޫލު ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވެފައިވަނީ އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން އީސީން ކުރަމުންދާ ކަމަށެވެ.
ޙަސަން ވިދާޅުވެފައިވަނީ މި މަސައްކަތް އީސީން ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެގޮތުން ޕާޓީތަކުގައި ދަފްތަރުވުން ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ނިންމީ 2019 ގައި ކަމަށެވެ. ނަމަވެސް ޤަވާއިދުތަކަށް ބައެއް ބަދަލުތައް ގެންނަން ޖެހޭތީ މިކަން މިވަގުތާ ހަމައަށް ނުނިމި ދިގުލާފައި ވާކަން ޙަސަން ފާހަގަ ކުރެއްވިއެވެ.
އަދި އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަދެވޭ ގޮތަށް ހެދުމުން ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލަ ވަރާސް ބޮޑަށް ހައްލުވާނެ ކަމަށްވެސް ޙަސަން ވިދާޅުވެފައިވެއެވެ.
“އަޅުގަނޑުމެން މި ނިންމީ ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އީފާސް މެދުވެރިކޮށް ކުރިއަށް ގެންދަން. އެކަމާ ގުޅިގެން އުސޫލު ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން މިހާރު ދަނީ ކުރަމުން.” ޙަސަން ވިދާޅުވިއެވެ.
ޙަސަން މިގޮތަށް ވިދާޅުވެފައިވާއިރު ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރާ މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އަދި އެފަދަ ބައެއް މައްސަލަތައް ފުލުހުންވެސް މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު