މުހިއްމު މަސައްކަތްތަކެއް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިމަހު ޖަލްސާތަކެއް ބާއްވަން ނިންމާފައިވާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
އިތުބާރުހުރި މަސްދަރަކުން ރަސް އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހު ފަނަރައިގެ ތެރޭގައެވެ.
އެގޮތުން މި ޖަލްސާތަކުގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ދާދިފަހުން ވުޒާރާތަކުގެ ޕޯޓްފޯލިއޯތަކަށް ގެނެސްފައިވާ ބަދަލުތަކާއި ބައެއް މުސްތަޤިއްލު މުއައްސަސާތަކަށް މެންބަރުން ޢައްޔަނު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
އޭގެ އިތުރުންވެސް މުހިންމު މަސައްކަތްތަކެއް ނިންމުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު މަޖިލީހުގެ އާ ދައުރު ދެން ފަށާނީ އަންނަ ފެބުރުއަރީ މަހުއެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ޖަލްސާތައް ބެހިގެން ދާނީ އަހަރުގެ ތިން ދައުރަކަށެވެ.
އެގޮތުން ފުރަތަމަ ދައުރު ދެމިގެންދަނީ 1 ފެބްރުއަރީން 15 މޭގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް ކުރިޔަށް ދާއިރު ތިން ވަނަ ދައުރު ދެމިގެންދަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު