ފުލެޓާއި ގޯތި ލިބޭ މީހުންނަށް ރަމަޟާން މަހުގެ ކުރިން އެ ތަންތަން ހަވާލުކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިނަމަވެސް، އެކަން އެގޮތަށް ނުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، މި ސަރުކާރުން ދަނީ އެއްވައުދެއް ވެސް ތަކުރާރުކޮށް ވަމުންކަމަށާ ނަމަވެސް، އަދި އެއްވައުދު ވެސް ފުއްދިފާ ނުވާކަމަށެވެ.
އަދި ރައީސް މި ހަފްތާތެރޭ ގއ. ގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުގައި ފުލެޓުތައް މި ފެށޭ ރަމަޟާން މަހުގެ ކުރިން ހައްގުވެރި ފަރާތްތަކަށް ދެއްވާނެކަމަށް ވިދާޅުވެފައިވާތީ، އެއާއި ގުޅުވައި ޒިޔާދު މިރޭ ވިދާޅުވީ، ކުރިން ރައީސް ވައުދުވީ ފުލެޓުތައް ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓަށް “އެ ދިންގޮތަކަށް ހަވާލުކުރަން” ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެކަން ޔަގީންވާކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އެގޮތަށް ކުރިން ވައުދުވީނަމަވެސް، ފަހުން މިހާރު ދައްކަވަނީ އެހެން ވާހަކަފުޅެއް ކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީއާއި ދެންހުރި މިނިސްޓްރީއެއް އަނދައިގެން ދިޔަސް އަދި ކުލައުޑް ސްޓޯރޭޖުގައި ހުރި އެއްޗެއް “އަނދައިގެން ދިޔަސް” ވައުދުވީގޮތް ބަދަލެއް ނުވާގޮތަށް އެނގެން އޮތްތަނެއް އެބައޮތް ކަމަށް ވިދާޅުވެ އެކަމަށް އިހުތިރާމުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ޒިޔާދު މިހެން ވިދާޅުވެފައި އެވަނީ، ކުރީ ސަރުކާރުގެ ފުލެޓު ލިސްޓަށް ފުލެޓު ދޫކުރައްވާނެކަމަށް ކެމްޕޭންގައި ރައީސް ވިދާޅުވުމަށްފަހު، އެ ލިސްޓާއި ގުޅޭ މައްސަލަތަކެއް އޭސީސީން ވެސް ބަލަމުންދަނިކޮށް އެ ލިސްޓް އަލުން ރިވިއުކުރަން މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާތީ އެކަމަށް ނިސްބަތްކޮށެވެ.
ފުލެޓުތައް ހަވާލުކުރުން ލަސްވަމުންދާތީ މި ސަރުކާރަށް އާންމުންގެ ގިނަބަޔަކު ފާޑުކިޔަމުންދާއިރު، ހައުސިންގ މިނިސްޓްރީން އެކަމުގައި އެކި ތާރީހުތައް ދިން ނަމަވެސް މިހާތަނަށް އެކަން ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު