މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒްލައިނަރ އިން 632 މީހުން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ ބަހާމަސްގައި ރަޖިސްޓަރީ ކޮށްފައިވާ އެމްއެސް ކްރިސްޓަލް ސިންފަނީ އިއްޔެ މާލޭގައި ބަނދަރު ކޮށްފައިވާ ކަމަށެވެ.
އަދި އެ ކްރޫޒް ލައިނަރ އިން ރާއްޖެ އައި 216 ފަސިންޖަރުންނާއި 416 ކްރޫ މެންބަރުންނަށް ކްލިއަރެންސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އޭގެ އިތުރުން އެމްއެސް ކްރިސްޓަލް ސިންފަނީ ރާއްޖެ އައީ ސީޝެލްސް އިން ފުރައިގެން ކަމަށާއި އެ ކްރޫޒް ލައިނާ ދެން ދާނީ ސްރީ ލަންކާއަށް ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ކްރޫޒް ލައިނަރ ރާއްޖެ އައިސްފައިވާއިރު މިދިޔަ މަހުގެ ފަހުކޮޅުވެސް ދެ ކްރޫޒްލައިނާއަކުން 4،658 މީހުން ރާއްޖެއަށް އައިސްފައިވެއެވެ.

The Seaport Division officers successfully provided en-route clearance services for 216 passengers and 416 crew members aboard Crystal Symphony, the first cruise liner to arrive this year, as it travelled from the Seychelles to the Maldives yesterday. pic.twitter.com/y3MJWHtKKz
— Maldives Immigration (@ImmigrationMV) January 10, 2025
އޭގެ އިތުރުން އެމްއެސް ކްރިސްޓަލް ސިންފަނީ ރާއްޖެ އައީ ސީޝެލްސް އިން ފުރައިގެން ކަމަށާއި އެ ކްރޫޒް ލައިނާ ދެން ދާނީ ސްރީ ލަންކާއަށް ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ކްރޫޒް ލައިނަރ ރާއްޖެ އައިސްފައިވާއިރު މިދިޔަ މަހުގެ ފަހުކޮޅުވެސް ދެ ކްރޫޒްލައިނާއަކުން 4،658 މީހުން ރާއްޖެއަށް އައިސްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު