މާލޭގެ ގެއެއް އިމާރާތް ކުރަނިކޮށް ޖެހިގެންހުރި ގެއިން ބައެއް ގަނބައިގެންފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މ. ނެވިގޭޓާ ކިޔާ ގެއެއް އިމާރާތް ކުރުމަށް ކޮނެގެން އެ މަސައްކަތް ކުރަމުން ދަނިކޮށް ޖެހިގެންހުރި މ. ލަކީ ހެވެންގެ ބައެއް ގަނބައިގެންގޮސްފައިވާކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އަދި އެއާ ގުޅިގެން ކައުންސިލްގެ ޓީމެއް ވަނީ އެ ގެއަށްގޮސް އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް ކޮށްފައިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ މިކަން ފާހަގަވެފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ.
އަދި އެ ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ނެވިގޭޓާ އިމާރާތް ކުރަމުން ދިޔައިރު ޝީޓްޕައިލް ކޮށްފައި ނުވާތީކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މ.ނެވިގޭޓަރ އިމާރާތްކުރަމުންދަނިކޮށް އެ ގެ ޖެހިގެން ހުރި ގެ މ.ލަކީހެވެންގެ ގަނބައިގަނެ އަޑިއަށްދާތީ އެގެއިން މީހުން ހުސްކުރުމުގެ މަސައްކަތުގައި އެ ދާއިރާގެ ކައުންސިލަރ އިބްރާހިމް އަބޫބަކުރު، pic.twitter.com/zHlhFBvMQ1
— Malé City Council (@MaleCitymv) January 11, 2025
އަދި އެ ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ނެވިގޭޓާ އިމާރާތް ކުރަމުން ދިޔައިރު ޝީޓްޕައިލް ކޮށްފައި ނުވާތީކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު