މާލޭގައި ފެންބޮޑުވުން ހައްލު ކުރުމަށް އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައި ހުންނަ ޕަމްޕް ސްޓޭޝަންތަކުގެ ތެރެއިން މާފަންނުގައި ހުންނަ ސްޓޭޝަނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އަލުން އެތަން ބޭނުންކުރެވޭގޮތް ހަދައިފިއެވެ.
މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ފެންހިންދުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އެގޮތުން މާފަންނުގައި ހުންނަ ޕަންޕް ސްޓޭޝަން މަސައްކަތް ނުކުރާކަން މިއަދުވަނީ ފާހަގަވެފައެވެ. އެހެންކަމުން، އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، އެ ތަނުގެ ނެޓްވޯކް ޗެކްކުރުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ވަނީ ކޮށްފައެވެ. އަދި އެތަނުގެ އިލެކްޓްރިކާ ގުޅޭ މަސައްކަތްތައް ސްޓެލްކޯގެ މުވައްޒަފުންގެ އެހީގައި ވަނީ ހައްލުކޮށްފައެވެ.
މިހާރު އެ ސްޓޭޝަން ބޭނުންކުރެވޭ ހާލަތަށް ގެނެވިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ދެންމެ ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ވިއްސާރަވާ ކޮންމެ ދުވަސްވަރަކު ވެސް އެ ސްޓޭޝަންތައް ހުރި ހާލަތު އެ މިނިސްޓްރީން ބަލާކަމަށެވެ. އެގޮތުން މާފަންނު ސަހަރާގައި ގާއިމުކޮށްފައިވާ ސްޓޭޝަނާއި އެ ސްޓޭޝަނާ ގުޅާފައިވާ ހޮޅިތައް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެތަނަށް ގެއްލުންވެފައިވަނީ މާލޭ ސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ޕަމްޕް ސްޓޭޝަނަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި އެތަން ކޮނެފައިވާތީ ސިޓީ ކައުންސިލްގެ އިހުމާލުންކަމަށް ވަނީ ބުނެފައެވެ.
މިނިސްްޓްރީން ބުނީ ސިޓީ ކައުންސިލުން އެކަން ކޮށްފައިވަނީ މިނިސްޓްރީއާ ހިއްސާކުރުމެއްނެތި އެއްވެސް މަޝްވަރާއެއްވެސް ކުރުމެއް ނެތިކަމަށެވެ.
މި މައްސަލަ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެކްސްގައި ލިޔުއްވުމާ ގުޅިގެން ސިޓީ ކައުންސިލްގެ މޭޔަރު ވަނީ މިނިސްޓަރުގެ ވާހަކަތައް ދޮގުކުރައްވާ، އެ ޕަމްޕް ސްޓޭޝަންގެ ބައިތައް ރޫޅާލި އިރު، އެ ސްޓޭޝަން މަސައްކަތް ނުކުރާތާ ފަސް ވަރަކަށް މަސްދުވަސް ވެއްޖެކަމަށް ވިދާޅުވެފައެވެ. އަދި އެތަނުގެ ކަރަންޓު ފޮއްޓަށް ކޮންމެވެސް ބަޔަކު ގެއްލުންތަކެއް ދީފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު