ސުލޫކީ މައްސަލަތަކާ ގުޅިގެން އެމްޑީޕީގެ މެންބަރުންނަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން އެޕާޓީން ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީން މި ފިޔަވަޅުތައް އުވާލުމަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައެވެ.
އެގޮތުން އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފުވެގެން މިހާތަނަށް މެންބަރުންނަށް އަޅާފައިވާ ފިޔަވަޅުތަކާއި އަދަބުތައް ބާތިލުކޮށްދިނުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު އުތުރު ދާއިރާގެ ރައީސް އިބްރާހިމް މުއިއްޒެވެ.
އެ ގޮތަށް ހުށައެޅުއްވީ، އެމްޑީޕީ އިދިކޮޅުގައި އޮތުމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ވީހާވެސް ގިނަ ބަޔަކާއެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭތީ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވެފައިވެއެވެ.
މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ތާއީދާ އެކުގައެވެ.
މީގެ ކުރިން އެމްޑީޕީން ނިންމާފައިވަނީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވެގެން ޕާޓީން ކަނޑާލާ މީހުން އަލުން ޕާޓީއާ ގުޅުނު ނަމަވެސް، ފަސް އަހަރުގެ މުއްދަތަކަށް ޕާޓީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި ވާދަނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ޤައުމީ މަޖިލީހުގެ ނިންމުމާއެކު އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މުސާ މަނިކާއި ދާދިފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރ ޢަލީ އާޒިމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް އޮތް ހުރަސް ވަނީ ނިމުމަކަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު