އަހުޒަމް އަޙްމަދު   12 ޖެނުއަރީ 2025 - 16:21
މިފްކޯގެ ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވި އިލްޔާސް ހަނީފް--
މިފްކޯގެ ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވި އިލްޔާސް ހަނީފް--
މިފްކޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޭ) އިސްތިއުފާ ދެއްވައިފި އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުން އޭނާ އިސްތިއުފާ ދެއްވީ މިއަދު އެވެ.

ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ފަހަކަށް އައިސް މިފްކޯގެ މެނޭޖްމަންޓްއަށް ދަނީ ބަދަލުތަކެއް އަންނަމުން ނެވެ.

އެގޮތުން މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް މިދިޔަ މަހު އެހެން ކުންފުންޏަކަށް ބަދަލުކުރި އިރު އެ ކުންފުންޏަށް ވަނީ އާ ސީއީއޯއެއް ވެސް އައްޔަނުކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ސީއީއޯގެ މަގާމަށް އައްޔަނުކުރީ ޑރ. ވިތާލީ ލުބިމޮފް ކިޔާ ބިދޭސީ އެކެވެ.

ނަމަވެސް އަދި އޭނާ މަގާމުގެ މަސްއޫލިއްޔަތާ ރަސްމީކޮށް ހަވާލެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން