ޒަމާނީ ފެންވަރަށް އީސީގެ ހިންގުން ހަރުދަނާކުރަން ޖެހޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ވަގު ފޯމެއް މެދުވެރިކޮށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ޕީއެންސީއަށް ވެއްދި މައްސަލަ ހޫނުވެ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެމްޑީޕީން މިއަދު އޮތީ ގޮވާލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ މެމްބަރު ކުޑޫވެސް ވަނީ އެކްސްގައި އިލެކްޝަންސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ކުޑޫ ވިދާޅުވީ ހެނދުނު ހޭލާއިރު ޕާރޓީ ބަދަލުވެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހިސާބަށް ނިޒާމު ގަޑުބަޑުކޮށްގެން މިކަމެއް އަދި ނުވާނެ ކަމަށެވެ.
"ޒަމާނީ ފެންވަރަށް، ރައްޔިތުންގެ އިތުބާރުހިފޭ މިންވަރަށް އިލެކްޝަންސް ކޮމިޝަންގެ ހިންގުން ހަރުދަނާކުރަންޖެހޭ!" ކުޑޫ އެކްސްގައި ވިދާޅުވި އެވެ.
ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން ޕާޓީތަކަށް ވައްދާކަން އީސީން ދޮގެއް ނުކުރެ އެވެ.
އީސީން ބުނީ އެ މައްސަލަ ހައްލުކުރަން އީ-ފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދަން މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު