ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް ނޭނގި އޭނާ ވެރިކަން ކުރާ ޕީއެންސީއަށް ވެއްދީ ބޮޑު ރޭވުމަކުން ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޒިޔާދުއަށް ނޭނގި އޭނާ ޕީއެންސީއަށް ވެއްދި މައްސަލައިގައި ހުށައެޅި ވަގު ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފައިވާ އިރު އެ މައްސަލައިގައި ޕީއެންސީއަށް ވަނީ ފާޑުކިއުންތައް ވެސް އަމާޒުވެފަ އެވެ.
ނަމަވެސް ޝުޖާއު މިރޭ އެކްސްގައި ވިދާޅުވީ ޒިޔާދުގެ ވަގު ފޯމުގެ މައްސަލައަކީ އެމްޑީޕީން ރޭވުމެއްގެ ތެެރެއިން ކުރި ކަމެއް ކަމަށެވެ.
އަދި އެ ކަމުގެ އަޑީގައި ތިބީ އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ކަމަށާއި އަދި އެމްޑީޕީއަށް އެކަމުގައި ވާގިވެރިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީން ކަމަށް ޝުޖާ ވިދާޅުވިއެވެ.
"މިކަން ކުރީ ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހަށް ރައްޔިތުންގެ މެދުގައި ސުވާލު އުފައްދައި ފިތުނަ އުފެއްދުމުގެ ބޭނުމުގަ." ޝުޖާއު ވިދާޅުވި އެވެ.
ޒިޔާދުގެ ވަގު ފޯމުގެ މައްސަލައިގައި އިލެކްޝަން ކޮމިޝަނުން ވަނީ އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު