އަހުޒަމް އަޙްމަދު   15 ޖެނުއަރީ 2025 - 13:9
އެމްޑީޕީގެ ހަރުގެއަށް ކަޅު ތެޔޮ ޖަހާފައި
އެމްޑީޕީގެ ހަރުގެއަށް ކަޅު ތެޔޮ ޖަހާފައި
އެމްޑީޕީގެ ހަރުގޭގައި ޕީއެންސީގެ ބޭފުޅުންގެ ފޮޓޯ ހިއްޕާފައި ހުއްޓާ އެތަނަށް ކަޅުތެޔޮ ޖަހައިފި އެވެ.

އެމްޑީޕީގެ ހަރުގޭގައި ޕީއެންސީ ބޭފުޅުންގެ ފޮޓޯ ހިއްޕީ އޮޅުވާލައިގެން ވަގު ފޯމު ހުށަހަޅައި އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ވެއްދި މައްސަލައާ ގުޅިގެން ނެވެ.

ޕީއެންސީއަށް ވެއްދި ބޭފުޅުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވެސް ހިމެނެއެވެ.

އެހެންވެ ޕީއެންސީގެ އެކްޓިވިސްޓުންނާއި އިސް ބޭފުޅުންގެ ފޮޓޯތައް ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދަގަނޑު ގޭޓުގައި ވަނީ ހިއްޕާފަ އެވެ.

ނަމަވެސް "ރަސް"އަށް އެނގިފައިވާ ގޮތުން އެ ހަރުގެއަށް ކަޅު ތެޔޮ ޖެހީ ރޭގެ ވަގުތެއްގަ އެވެ.

ވަގު ފޯމުތައް ހުށައެޅި މައްސަލަ މިހާރު ފުލުހުން ވެސް ދަނީ ބަލަމުން ނެވެ.

އަދި ވަގު ފޯމުތަކެއް މަދުން ނަމަވެސް ހުށައަޅާފައި އޮތްކަން ޕީއެންސީން ވަނީ ޔަގީންކޮށްދީފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން