މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް ސަރާޙަތާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުالله (މުހައްމާ) އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ރިޕޯޓުގައިވާ ނަންތަކަށް ވަނީ ވޯޓަށް އަހާފައެވެ.
އެގޮތުން ސަރާހަތު ބްރޯޑްކޮމް އަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި މުޙައްމަދު އަބްދުﷲ އެ މަޤާމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 58 މެންބަރަކު ވޯޓު ދެއްވިއެވެ.
ކޮމިޓީގެ ރިޕޯޓުގެ ދެވަނައިގައި އޮތް މަޝްހޫރު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ ބްރޯޑްކޮމް އަށް އައްޔަނު ކުރުމަށް ނުފެންނަކަމަށް 50 މެންބަރުން ވޯޓު ދެއްވިއެވެ.
މަޖިލީހުން ސަރާހަތާއި މުހައްމާ ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަނުކުރުމަށް ފާސްކޮށްފައިވާއިރު ރައީސް ޑރ. މުޢިއްޒު އެ ކޮމިޝަނަށް އައްޔަނު ކުރުމަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒްގެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ހުށައެޅޭ މިންވަރަށް ކޮމިޓީ މަރުޙަލާގައި މާކްސް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު