އެޗްއާރުސީއެމްގެ ނާއިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މުއުމިނާ ވަހީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިިދިޔަ އަހަރު ފަހުކޮޅު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެޗްއާރުސީއެމްގެ ރައީސްއާއި ނާއިބު ރައީސް އައްޔަނުކުރަން ވެސް މަޖިލީހުން ރުހުން ހޯދަން ޖެހެއެވެ.
އެހެންވެ ހުސްވެފައިވާ އެޗްއާރުސީއެމްގެ ނާއިބު ރައީސްގެ މަގާމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ވަނީ މުއުމިނާގެ ނަން ފޮނުއްވައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގެ ރައީސްގެ މަގާމުގައި މިހާރު ހުންނަވަނީ މަރިޔަމް މުނާ އެވެ.
މުނާގެ އިތުރުން ދެން ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގުއާއި ސަމާއު އަހުމަދު ނަޖީބުއާއި އިސްމާއިލް ހަބީބެވެ.

ކިޔުންތެރިންގެ ހިޔާލު