ވައްކަމަކީ އެމްޑީޕީގެ އުފެދުމުގައިވެސް ހުރި ސިފައެއް ކަމަށާއި ޕީއެންސީ އަކީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމެއް ކުރާނެ ޕާޓީއެއް ނޫން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަލާޙް ވިދާޅުވީ ވަގަށް ކަންކަން ކުރުމަށް އެންމެ ފަރިތަވާނީ އެމްޑީޕީ ކަމަށާއި އެއީ އެ ޕާޓީގެ އުފެދުމުގައިވެސް ހުރި ސިފައެއް ކަމަށެވެ.
އަދި ޕީއެންސީ އަކީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމެއް ކުރާނެ ޕާޓީއެއް ނޫންކަން ފާހަގަ ކުރަށްވައި ޕީއެންސީން އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ފޯމްތަކާމެދު ކުރެވޭ ތުހުމަތުތައް ތަކުރާރުކޮށް ފަލާޙް ވަނީ މިޖަލްސާގައި ދޮގުކުރަށްވާފައެވެ.
އެގޮތުން ފަލާޙް ވިދާޅުވީ ޕީއެންސީން 75000 މެންބަރުން ހަމަކުރީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެހެންކަމުން އެމްޑީޕީން ދަނީ އެކަން ޙަޖަމް ނުވެގެން ޙަގީގަތާ ޚިލާފު ވާހަކަތައް ދައްކައި މައްސަލަ ގަޑުބަޑު ކުރަމުން ކަމަށެވެ.
އަދި އެމްޑީޕީގެ މެންބަރު ޒިޔާދުގެ ނަމުގައި ޕީއެންސީގެ މެމްބަރޝިޕް ފޯމެއް އީސީއަށް ވައްދާފައިވަނީ ޒިޔާދު އަމިއްލަފުޅަށް ކަމަށާއި އެބޭފުޅާއަކީ ޕާޓީ ބަދަލު ކުރުމުގެ މާޒީއެއް އޮތް ބޭފުޅެއް ކަމަށް ފަލާހް ތުހުމަތު ކުރެއްވިއެވެ.
އޭގެއިތުރުން ޕީއެންސީއަށް މެންބަރުން ވެއްދުމުގައި އެއްވެސް އޮޅުވާލުމެއް އޮޅުވާލާފައި ނޯންނާނެކަމުގެ ޔަޤީންކަން މިއަދުގެ ޖަލްސާގައި ފަލާޙް ވަނީ ޕީއެންސީގެ މެންބަރުންނަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު