މާލޭގެ ގެއެއްގައި ހުރި ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލައިގެ ހުރިހާ މަޢުލޫމާތެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި 34،500 ސިނގިރޭޓް ކާޓަން ގެއްލުނު މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ނާޒިމް މިއަދު ވިދާޅުވީ މާލޭގެ ގެއެއްގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ސިނގިރޭޓް ކާޓަންތައް ގެއްލުނު މައްސަލައާ ގުޅިގެން ކަސްޓަމްސުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް ހިއްސާކޮށްފައިވާ މައުލޫމާތުތައް މުޅިން ފުރިހަމަނޫން ކަމަށެވެ.
އެގޮތުން ވެއާހައުސްގައި ހުރި ސިނގިރޭޓް ތަކަކީ ފޭކު ސިނގިރޭޓްތަކެއް ކަމަށާއި އެތަކެތި ވެއާހައުސްގައި ބަހައްޓާފައި ހުރީ، އެތަކެތި އެތެރެކުރި އަސްލު ކުންފުނިން ކޯޓަށް ދިއުމުން ކޯޓުން ނެރުނު އަމުރެއްގެ ދަށުން ކަމަށް ކަސްޓަމުން ބުނެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު ނާޒިމް ވިދާޅުވީ ސިނގިރޭޓް ކާޓަންތައް ބޮންޑެޑް ވެއާހައުސްގައި ހުއްޓައި އެތަކެތި އެތެރެކުރި ކުންފުނީގެ ޙިއްސާދާރުން ބަދަލުވެފައިވާ ކަމަށާއި އަދި އަލަށް ކުންފުންޏާ ހަވާލުވި ހިއްސާދާރުންގެ ހާޒިރުގައި އެތަކެތި ގުނައި އެފަރާތްތަކާ އެތަކެތި ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމުން ބުނެފައިވާ ކަމަށެވެ.
ނަމަވެސް ކަސްޓަމުން މަޖިލީހަށް ފޮނުވާފައިވާ ޓައިމްލައިންގައި ކުންފުނީގެ ހިއްސާދާރުން ބަދަލުވި ތާރީހާއި އެތަކެތި ކުންފުންޏާ ހަވާލުކުރި ތާރީހުގެ އިތުރުން އެތަކެތި ގުނައި ކުންފުންޏާ ހަވާލުކުރި މައުލޫމާތު ނުހިމެނޭކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން ނާޒިމް ވިދާޅުވީ ސިނގިރޭޓްތައް ބޮންޑެޑް ހައުސްގައި ނެތްކަން އެނގުނީވެސް އެމައްސަލަ މަޖިލީހުން ކަސްޓަމްސްގެ ސަމާލުކަމަށް ގެނައުމުން ކަމަށާއި ސިނިގިރޭޓު ކާޓަންތަކަށް 47 މިލިޔަން ރުފިޔާ ބިލްކޮށްފައި ވަނީ ފަހުން ހަވާލުވި ހިއްސާދާރުން ކަމަށެވެ.
އެހެންކަމުން ކަސްޓަމުން މިހާރު މަޖިލީހަށް ޙިއްސާކޮށްފައިވާ މަޢުލޫމާތުން އުނިވާ މަޢުލޫމާތުތައް މަޖިލީހުގެ 241 ކޮމިޓީ އާ ޙިއްސާ ކޮށްދިނުމަށް ކަސްޓަމްސްގައި އެދުމަށް ކޮމިޓީން މިއަދު ފާސްކުރިއެވެ.
މިމައްސަލާގައި ސިނިގިރޭޓް ކާޓަންތަކުން ޑިއުޓީއަށް ދައްކަން ޖެހޭ ފައިސާއާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 40 މިލިއަން ރުފިޔާ ދައްކަން ވެރިފަރާތަށް އަންގާފައިވާ ކަމަށް ދާޚިލީ ވަޒީރު އަލީ އިޙުސާންވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު