މިސްކިތެއްގެ ކަމަަށް ބެލެވޭ ތަނެއްގައި ކުޅިވަރު ކުޅެ ހުރުމަތް ކެނޑިކަމަށްބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުުރުވަމުންދާ ވީޑިއޯއަކުން އެ ތަނުގައި ދެ ޖިންސުގެ މީހުން އެއްވެ ކުޅިވަރެއް ކުޅޭ ތަން ފެނެ އެވެ. އަދި އެ ތަނުގައި ތިބި ބައެއް އަންހެނުން ތިބެނީ ބުރުގާ ވެސް ނާޅަ އެވެ.
އެ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ވިދާޅުވީ އެ ވީޑިއޯ މިނިސްޓްރީގެ ސަމާލުކަމަށް ވެސް މިހާރު އައިސްފައިވާ ކަމަށެވެ.
އެހެންވެ އެއީ ކިހިނެއް ހިގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނަން. އިންޝާ ﷲ،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކެއް ކުޅުނު މައްސަަލަވެސް ހޫނުވި އެވެ.

ކިޔުންތެރިންގެ ހިޔާލު