ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް (ކ)
ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް (ކ)
ދާޚިލީ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީން މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ފަލާޙް ވިދާޅުވީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރުވެސް އެ މައްސަލަ ކާމިޔާބު ނުކުރެވޭނެކަން އެމްޑީޕީއަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެ މައްސަލަ ފެއިލްކޮށްލާނެ ކަމަށްވެސް ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ އެ މައްސަލައަށް ޕީއެންސީ އާއި އެމްޑީއޭގެ އެއްވެސް މެންބަރެއްގެ ތާޢީދު ނުލިބޭނެ ކަމަށާއި ޕީއެންސީގެ މެންބަރުން ވިޕްލައިނާ ހިލާފަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

“ފެއިލްކޮށްލާނަން. އެމްޑީޕީއަށް ވެސް އެނގޭނެ ކާމިޔާބު ނުކުރެވޭނެކަން. ޕީއެންސީގެ އެއްވެސް މެންބަރެއްގެ ތާއީދެއް އެ މައްސަލައަކަށް ނޯންނާނެ.” ފަލާޙް ވިދާޅުވެފައިވެއެވެ.

އެމްޑީޕީން އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ޑީއެންއާރުގެ ޑޭޓާބޭސްގައި ހުރި ރައްޔިތުންގެ މަޢުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރެއްވިކަމަށް ތުހުމަތުކޮށެވެ. ނަމަވެސް އިޙްސާން ވަނީ އެތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތްކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފަލާޙު މީގެކުރިން ވިދާޅުވެފައިވަނީ ޕީއެންސީން 75000 މެންބަރުން ހަމަކުރީ ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށާއި އެހެންކަމުން އެމްޑީޕީން ދަނީ އެކަން ޙަޖަމް ނުވެގެން ޙަގީގަތާ ޚިލާފު ވާހަކަތައް ދައްކައި މައްސަލަ ގަޑުބަޑު ކުރަމުން ކަމަށެވެ.

ދާޚިލީ ވަޒީރު ޢަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 12 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން