ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، އަންނަ ހަފްތާގައި ޝަކުވާއަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީގެ މެންބަރު ޙަސަން ޒަކަރިއްޔާ ރާއްޖޭގެ މީޑިއާއެއްގައި މިއަދު ވިދާޅުވެފައިވަނީ މިފިޔަވަޅު އެޅުމަށް ނިންމެވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރާ ގުޅޭގޮތުން ޢާއްމުންގެ މެދުގައި މިވަގުތު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން ޙަސަން ވިދާޅުވީ މިހާރު އޮންނަ ގޮތުން ފޯމްތަކުގައި ޖަހާ ފިންގާ ޕްރިންޓާއި މޯބައިލް ނަންބަރުތަކުގެ ސައްހަކަން ޔަގީންކުރެވޭނެ ގޮތެއް އީސީއަށް ނެތް ކަމަށެވެ.
“ރައްޔިތުން ބަލައިދޭށޭ. ބަލައިދީފައި އެއްވެސް ރައްޔިތެއްގެ ޝަކުވާ އެއް އޮތް ނަމަ ހުށައަލުއްވާށޭ.” ޙަސަން ވިދާޅުވެފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށް، އަންނަ ހަފްތާގައި ޝަކުވާއަށް ހުޅުވާލަން ނިންމާފައިވާއިރު އީސީން މިހާރު ވަނީ ސިޔާސީ ޕާޓީތަކުގައި މެމްބަރުން ދަފުތަރުވުމަށް ބޭނުންކުރާ ސިމަދަ ޕޯޓަލް ހުއްޓާލާފަ އެވެ.
މިފަހުން ސައްހަ ނޫން ފޯމުތަކެއް ފުރައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލައިގެ އަޑު ގަދަވެފައިވަނީ ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގައި ޖިނާޢީ ކުށްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އިދިކޮޅު އެމްޑީޕީން އެ މައްސަލަތައް ފުލުންނަށާއި އޭސީސީއަށް ހުށައެޅުމުންނެވެ.
އެހެންނަމަވެސް އެމްޑީޕީގެ ތުހުމަތުތައް ޕީއެންސީން ވަނީ ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު